ހުކުރު މިސްކިތުގެ ފާރުގެ ބައެއް ތަޅާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

ކިޔުމަށް ހޭދަވާނީ 57ސ
ހުކުރު މިސްކިތުގެ ފާރުގެ ބައެއް ތަޅާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

މާލޭގައި ހުރި އެންމެ އާސާރީ އެއް މިސްކިތް ކަމަށްވާ ހުކުރު މިސްކިތުގެ ފާރުން ބައެއް ތަޅާލައިފިއެވެ. އެނގިފައިވާ ގޮތުގައި ހެރިޓޭޖް މިނިސްޓްރީން މިހާރު ވަނީ މިމައްސަލަ ފުލުހަށް ހުށާހަޅާފައެވެ. 

އެނގިފައިވާ ގޮތުގައި، ކޮންމެވެސް މަސައްކަތެއް ކުރަން އެމިސްކިތުގެ ފާރުން ބައެއް ތަޅާލާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް އެއީ ކޮން ބަޔަކު ކުރި ކަމެއްކަން އަދި އެނގިފައެއް ނުވެއެވެ.

ހެރިޓޭޖް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، އެކަން ހުއްޓުވާ ފިޔަވަޅު އަޅައި ދިނުމަށް އެދި ފުލުހަށް ވަނީ މައްސަލަ ހުށަހަޅާފައެވެ. އަދި އެކަން ފުލުހުން މިހާރު ބަލަމުންދަ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. 

މާލޭގައި ހުންނަ ހުކުރު މިސްކިތަކީ ދުނިޔޭގެ ހެރިޓޭޖްގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ ތަނެކެވެ. އަދި އެމިސްކިތް ހެރިޓޭޖްގެ ދާއިމީ ލިސްޓުގައި ހިމެނުމަށް މަސައްކަތް ކުރަމުން އަންނައިރު، ހުކުރު މިސްކިތައް ބަދަލުތައް ގެންނަނަމަ، އެކަމަށް ހުރަސް އެޅޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ހުކުރު މިސްކިތުގެ ފާރުން ބައެއް ތަޅާލާފައިވަނީ ހެރިޓޭޖް މިނިސްޓްރީ އަށް އެނގިގެން ނޫން ކަމަށް ވެސް މައުލޫމާތު ލިބިފައިވެެއެވެ.

މިއަދު އޮންލައިން