އަޅުގަނޑަކީ ކޮޅު ބަދަލުކުރާނެ މީހެއް ނޫން - ވިކޭނެ މީހެއްވެސް ނޫން!: ޙުސައިން ވަޙީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އަޅުގަނޑަކީ ކޮޅު ބަދަލުކުރާނެ މީހެއް ނޫން - ވިކޭނެ މީހެއްވެސް ނޫން!: ޙުސައިން ވަޙީދު

"އަޅުގަނޑަކީ ކޮޅު ބަދަލުކުރާނެ މީހެއް އަދި ވިކޭނެ މީހެއްވެސް ނޫން" ކަމަށް އެމްޑީޕީގެ ޕަރައިމަރީގައި ކޮމަންޑޫ ދާއިރާއަށް ވާދަ ކުރައްވާ  ޙުސައިން ވަޙީދު ވިދާޅުވެއްޖެއެވެ. 

މާލޭގައި ތިބި ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް މިރޭ ދެއްވި ހަފްލާއެއްގައި ޙުސައިން ވަޙީދު ވިދާޅުވީ ދާއިރާގެ މެންބަރުކަމާއި ދުރުގައި ދެ ދައުރު ހޭދަކުރެއްވުމަށްފަހު އަލުން މެންބަރުކަމަށް ކުރިމަތިލައްވަން ނިންމެވީ ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންތައްތަކެއް ފުއްދައި ނުދެވި ހުރުމުން ކަމަށެވެ. ހަމަ އެއާއިއެކު ވަރަށް ބުރަ މަސައްކަތުން ގެނެވިފައިވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ބޭނުންވާ އެއްބާރުލުން މަޖިލިސް ތެރެއިން ހޯއްދަވައި ދެއްވަން ކަމަށެވެ. 

މިރޭގެ ހަފްލާގައި ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވީ ދާއިރާގެ މެންބަރުކަމުގައި ޙުސައިން ވަޙިދު ހުންނެވި ދުވަސްވަރުވެސް އަދި މެންބަރުކަމާއި ދުރުގައި ހުންނެވި ދުވަސްވަރުވެސް ދާއިރާގެ ރައްޔިތުން ކަމަކަށް ބޭނުންވެއްޖެ ނަމަ ދާންޖެހެނީ ޙުސައިން ވަޙީދު އަރިހަށް ކަމަށާއި ޙުސައިން ވަޙީދަކީ އަބަދުވެސް ދީލަތިކަމާއިއެކު އެހީތެރިވެދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން މިފަހަރު ދާއިރާގެ ރައްޔިތުންގެ ފުރިހަަމ ތާއީދު ޙުސައިން ވަޙީދަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

މިރޭގެ ހަފްލާގައި ރައީސް ނަޝީދު ވެސް ވަނީ ޙުސައިން ވަޙީދުގެ ޚިދުމަތްތަކަށް ތަޢްރީފް ކުރައްވައިފައެވެ. ރައީސް ނަޝީދު ވިދާޅުވީ ޙުސައިން ވަޙީދަކީ އެމްޑީޕީއަށާއި އަދި ރައްޔިތުންނަށް ވެސް އިޚްލާޞްތެރިކަމާއިއެކު ޚިދުމަތް ކުރެއްވުމުގައި ނަމޫނާ ބޭފުޅެއް ކަމަށެވެ.

މިއަދު އޮންލައިން