ޒުވާނުންގެ ސިޓީގެ އެމްބިޔުލާންސް ޑްރައިވަރަކު މަސްތުވާތަކެތި ބޭނުންކޮށްގެން ހުރެ އެމްބިޔުލާންސް ދުއްވި މައްސަލައެއްގަ ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ޒުވާނުންގެ ސިޓީގެ އެމްބިޔުލާންސް ޑްރައިވަރަކު މަސްތުވާތަކެތި ބޭނުންކޮށްގެން ހުރެ އެމްބިޔުލާންސް ދުއްވި މައްސަލައެއްގަ ހައްޔަރުކޮށްފި

ޒުވާނުންގެ ސިޓީގެ އެމްބިޔުލާންސް ޑްރައިވަރަކު މަސްތުވާތަކެތި ބޭނުންކޮށްގެން ހުރެ އެމްބިޔުލާންސް ދުއްވި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރުމުން މަސްތުވާތަކެތި ވެސް އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ. އަދި މިކަން ހިނގާފައިވަނީ މީގެ ދެރެއެއް ކުރިން ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އައިޖީއެމްއެޗަށް ބަލި މީހަކު ގޮވައިގެން އައިސް ކަންތައްތައްތައް ކުރި ގޮތުން އައިޖީއެމްއެޗްގައި ސެކިޔުރިޓީ ބަލަހައްޓަން ތިބި ފުލުހުންނަށް އޭނާގެ އަމަލުތަކާއިމެދު ޝައްކުކުރެވިގެން އެނބުރި ހުޅުމާލެއަށް ދާން އެމްބިޔުލާންސަށް އެރި ވަގުތުއެވެ.

އެމްބިޔުލާންސް ޑްރައިވަރުން ފަދަ މުހިންމު މަސްއޫލިއްޔަތެއް އަދާކުރާ ބައަކު މިފަދަ ކަންކަން ކުރާނަމަ ޑިޔުޓީއަށް ނުކުތުމުން ފުރަތަމަ ޓެސްޓް ކުރަންޖެހޭ ޙާލަތަށް ޤައުމުގެ ހާލަތު މިވަނީ ގޮސްފައެވެ.

 

މިއަދު އޮންލައިން