ކުރީގެ އޭސީޕީ ޢަބްދުﷲ ނަވާޒް ޖޭޕީއާ ގުޅިވަޑައިގެންފިއެވެ.
މިކަމަށްޓަކައި މިރޭ ޖޭޕީގެ މައި މަރުކަޒު މ.ކުނޫޒުގައި ބޭއްވި ޖަލްސާގައި ޢަބްދުﷲ ނަވާޒް ވިދާޅުވީ ޤައުމަސް ބވީހައި ފުޅައު ދާއިރާއެއްގައި ޚިދުމަތްކުރައްވަން ބޭނުންފުޅުވާ ކަމަށާއި ސިޔާސީ ގޮތުން މަސައްކަތް ނުކުރެއްވި ހުންނަވަން ޖެހިވަޑައިގަތީ ކުރިން އަދާކުރެއްވި މަޤާމުގެ ގޮތުން ކަމަށެވެ.
ޢަބްދުﷲ ނަވާޒް ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ނަމޫނާ ދައްކަމުން އަންނަ ޕާޓީއަކަށްވުމާއިއެކު ޕާޓީގެ ލީޑަރަކީ އަބަދުވެސް ރައްޔިތުންނަށް އިޚްލާޞްތެރި، ޚިދުމަތްތެރި ބޭފުޅަކަށްވާތީ ކަމަށެވެ. އަދި ފާއިތުވި ކޮންމެ ސަރުކާރަކަށް ވެސް ވެރިކަމަށް އާދެވިފައިވަނީ ޖުމްހޫރީ ޕާޓީގެ ބައިވެރިވުން އޮވެގެންކަން ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.