އަޅުގަނޑަށާ ޢާއިލާއަށް އަނިޔާވެރިވި ނަމަވެސް ރައީސް ޔާމީނަށްވެސް ނުޙައްޤުން އަދަބެއް ލިބޭކަށް ނޭދެން: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އަޅުގަނޑަށާ ޢާއިލާއަށް އަނިޔާވެރިވި ނަމަވެސް ރައީސް ޔާމީނަށްވެސް ނުޙައްޤުން އަދަބެއް ލިބޭކަށް ނޭދެން: ޤާސިމް

ޤާސިމް އިބްރާހީމް އަށާއި އެމަނިކުފާނުގެ ދަރިކަލުން އިބްރާހީމް ސިޔާދު ޤާސިމްއަށް ނުޙައްޤުން އަނިޔާވެރިވެ، އަދި އެމަނިކުފާނުގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވީ ނަމަވެސް ރައީސް ޔާމީނަށްވެސް ނުޙައްޤުން އަދަބެއް ލިބެން ބޭނުންފުޅު ނުވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޤާސިމް އިބްރާހީމް މިރޭ ވިދާޅުވީ އެމަނިކުފާނަކީ އަބަދުވެސް އިންޞާފަށް ލޯބިކުރައްވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން ޔާމީނާއިމެދު ވެސް އިންޞާފުން، ޤާނޫނާއި އެއްގޮތަށް ކަންކަން ހިނގުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

އެގޮތުން ޤާނޫނުގައިވާ ގޮތުގެ މަތިން ރައީސް ޔާމީނުގެ މައްސަލަތައްވެސް ބަލައި އިންޞާފުވެރިކަމާއިއެކު ޝަރީޢަތްކޮށް ޙައްޤު އަދަބު ދިނުމަށް ޤާސިމް އިބްރާހީމް ވަނީ ގޮވައިލައްވައިފައެވެ. "އެއްވެސް މީހަކަށް އަނިޔާވެރިވެގެން ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ. ވީމާ ކޮންމެ މީހަކާއިމެދުވެސް ކަންކަން ކުރަންވާނީ އިންޞާފުން." ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

މިއަދު އޮންލައިން