ބިލް ގޭޓްސް 100 ޑޮލަރު ދީފިނަމަ ﷲ އަށް ޝުކުރުކުރަންޖެހެނީ ކީއްވެ؟ ކަމާމެދު ކުރި ސުވާލަށް ޑރ. ޒާކިރު ނައިކުގެ ޖަވާބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ބިލް ގޭޓްސް 100 ޑޮލަރު ދީފިނަމަ ﷲ އަށް ޝުކުރުކުރަންޖެހެނީ ކީއްވެ؟ ކަމާމެދު ކުރި ސުވާލަށް ޑރ. ޒާކިރު ނައިކުގެ ޖަވާބު!

"ބިލް ގޭޓްސް 100 ޑޮލަރު ދީފިނަމަ ﷲ އަށް ޝުކުރުކުރަންޖެހެނީ ކީއްވެ؟" މިސުވާލަކީ ﷲ ތަޢާލާއަކީ އިންޞާފުވެރި އިލާހެއް ނޫންކަމަށް ބުނެ ސުވާލުތަކެއް ޑރ. ޒާކިރު ނައިކާއި ކުރިމަތި ކުރުވި މީހަކު ކުރި ސުވާލެކެވެ.

 

އޭނާ އެސުވާލުކުރީ ސުވާލުކުރުމުގެ ވަގުތު ފާއިތުވެސް ވީފަހުންނެވެ. ވީމާ ޖަވާބަސް ފުރުޞަތު ނުދޭން ރިޔާސަތުން ނިންމުމުންވެސް ޑރ. ޒާކިރު ނައިކް ބޭނުންފުޅުވީ ޖަވާބު ދެއވާށެވެ. މައިކް އަތުލައްވާފައި ކުރެއްވީ ސުވާލުތަކެކެވެ.

މިދުނިޔޭގައި މިހައި ގިނަ މީހުން ތަކެއް އުޅޭއިރު، މަގުމަތީގައި ސަލާން ޖަހަންވެސް އެތައް ހާސް ބައަކު އުޅޭއިރު ބިލް ގޭޓްސް ކަލެއަށް 100 ޑޮލަރު ދިނީ ކީއްވެގެން ހެއްޔެވެ؟ އެ 100 ޑޮލަރު ދޭނެ އިތުރު މީހަކު ހަމަ ބިލްގޭޓްސްއަށް ނުފެނުނީ ހެއްޔެވެ؟ ފެންނަހާ މީހަކަށް ބިލް ގޭޓްސް 100 ޑޮލަރު ދެނީ ހެއްޔެވެ؟ މިއެންމެންގެ ތެރެއިން ކަލެއަށް 100 ޑޮލަރު ދިނުމުގެ ވިސްނުން ބިލްގޭޓްސް އަށް ލިބުނީ ކިހިނެއްހެއްޔެވެ؟

ޑރ. ޒާކިރު ނައިކް މިސުވާލުތައް ކުރެއްވުމުން ދޭނެ އެއްވެސް ޖަވާބެއް އޭނާއަކަށް ނުއެނގުނެވެ. އެހިސާބުން ޑރ. ޒާކިރު ނައިކް ވިދާޅުވީ ބިލްގޭޓްސް ދިން ނަމަވެސް އަދި އެހެން ގޮތަކުން ލިބުނު ނަމަވެސް ނިއުމަތެއް ލިބިއްޖެ ނަމަ ﷲ ތަޢާލާއަށް ޝުކުރުވެރިވާން ޖެހޭނެ ކަމަށެވެ. ސަބަބަކީ އެ ނިޢްމަތް މިންވަރު ކޮށްދެއްވަވަނީ ﷲ ތަޢާލާ ކަމަށްވުމުން ކަމަށެވެ. ތިއަ މައްސލައަށް ބަލައިފިނަމަ މަގުމަތީގައި އެންމެ ޑޮލަރަކަށް ބޭނުންވެގެން އެތައް ބައަކު ތިއްބައި ތިބާއަށް 100 ޑޮލަރު ބިލްގޭޓްސް އެދިނީ އެކަމަށް ﷲ މިންވަރުފުޅު ކުރައްވަވައި އިރާދަ ކުރެއްވެވުމުން ކަމަށެވެ.

މިއީ މިއަދު ހަމަ އަޅުގަނޑުމެން އެންމެންވެސް ހަނދާންކޮށްލުން މުހިންމު ކަމެކެވެ. މީހަކު ކަމެއް ކޮށްދިނުމުން އޭނާއަށް ޝުކުރު އަދާކޮށްފައިދާއިރު އެކަން އޭނާ މެދުވެރި ކުރައްވަވައި ހިންމަވައި ދެއްވެވީ ﷲ ތަޢާލާކަން ޤޢަބޫލުކޮށް ﷲ ތަޢާލާއަށް ޝުކުރުވެރިވަނީ މަދު މީހެކެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ ޢަފީފް! ޤާސިމް!" ބުނެ ނިންމައިލުމުގެ ކުރިއަށް "ޝުކުރު އަލްޙަމްދުލިﷲ" ކިޔެނީ ވެސް ހިތަށް ގެނެވެނީވެސް ވަރަށް މަދުމީހަކަށެވެ!

 

މިއަދު އޮންލައިން