އެމްޑީޕީ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ހުކުރު ދުވަހު!

ކިޔުމަށް ހޭދަވާނީ 1މ 5ސ
އެމްޑީޕީ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ހުކުރު ދުވަހު!

ލިޔުނީ؛ ޒިދާން މުހައްމަދު

މޯލްޑިވްސް ޑިމަކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އިންތިހާބުގެ ވޯޓުލުން ހުކުރު ދުވަހު ކުރިއަށް ގެންދިއުމަށް އެ ޕާޓީން ނިންމައިފިއެވެ.

އެގޮތުން، ވޯޓުލުން ކުރިއަށް ދާނީ، ހުކުރު ދުވަހު މެންދުރުފަހު 02:30 އިން ފެށިގެން އެރޭ 08:30 އަށް ކަމަސް އެމްޑީޕީން ބުނެއެވެ. މި ޕްރައިމަރީގައި 77 ދާއިރާއަކުން 279 ކެންޑިޑޭޓުން ވާދަ ކުރާނެ އެވެ. 

މީގެ އިތުރުން، މައުލޫމާތުލިބިފައިވާ ގޮތުގައި، އެމްޑީޕީގެ މި އިންތިހާބުގައި ރާއްޖޭގައި 270 ވޯޓް ފޮށި ބަހައްޓާނެއެވެ. އަދި އަވައްޓެރި އިންޑިއާ، ލަންކާ އަދި މެލޭޝިއާގައިވެސް ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތުލިބެއެވެ.

މި އިންތިހާބުގައި 86000 އަށް ވުރެ ގިނަ މީހުން ވޯޓުލާނެ ކަމަށް މައުލޫމާތު ލިބެއެވެ.  އެހެން ކަމުން މިއީ ސުލްހަވެރި ދެފުށް ފެންނަ އިންތިހާބަކަށް ހެދުމަށް އެޕާޓީން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްޑީޕީން ވަނީ އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓައިދިނުމަށް އެދި ފުލުހުންނަށް ދަންނަވާފައެވެ.

މިއަހަރުގެ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް އެމްޑީޕީން ވާދަކުރާނެއެވެ

މިއަދު އޮންލައިން