ޕާކިން ސްޓިކާ ޖެހުން ފުލުހުން ވަގުތީ ގޮތުން ހުއްޓާލައިފި

ކިޔުމަށް ހޭދަވާނީ 49ސ
ޕާކިން ސްޓިކާ ޖެހުން ފުލުހުން ވަގުތީ ގޮތުން ހުއްޓާލައިފި

ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ވަގުތީ ގޮތުން ފުލުހުން ހުއްޓާލައިފި އެވެ.

ފުލުހުންގެ އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އުޅަނދުތަކުގައި ޕާކިން ސްޓިކާ ޖެހުން ހުއްޓާލީ ސަރުކާރުން އަންގައިގެން ކަމަށެވެ.

ހަމީދު ވިދާޅުވި ގޮތުގައި އުޅަނދުތައް ރާއްޖެ އެތެރެކުރުމާއި ގެންގުޅުމުގެ އިތުރުން އެ އެއްޗެހިތައް އެކަށީގެންވާ ގޮތެއްގައި ޕާކުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި މައްސަލަތަކެއް އެބަހުއްޓެވެ. އެފަދަ މައްސަލަތައް ހުއްޓައި ޕާކްކުރާނެ ޖާގަ ތަނަވަސްނުކޮށް ފުލުހުން ނުކުމެ ސްޓިކާ ޖެހުމަކީ ގަބޫލުކުރެވޭ އުސޫލެއް ނޫން ކަން އޭނާ ފާހަަގަކުރެއްވި އެވެ.

މިިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕާކިން މައްސަލައަށް ހައްލު ނުހޯދައި ސްޓިކާ ނުޖަހާނެ ކަމަށް ވިދާޅުވެފަ އެވެ.

މިއަދު އޮންލައިން