މޫދަށް އެރި އުޅުނު ފަތުރުވެރިއަކާއި ރިޒޯޓެއްގައި ވަޒީފާ އަދާ ބިދޭސީ މުވައްޒިފަކު މިރޭ މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ޕެރެޑައިޒް އައިލަންޑް ރިޒޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިއަ ކޮރެއާގެ 66 އަހަރުގެ އަންހެނަކު ސްނޯކްލިންގއަށް ގޮސް އުޅެނިކޮށް ގެނބިގެން މިއަދު ހަވީރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.
މީގެ އިތުރުން ޖުމައިރާ ރިޒޯޓުގައި ވަޒީފާ އަދާކުރަމުންދިއަ ފިލިޕިންސް ފިރިހެނަކު މިރޭ އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.