ހުޅުމާލޭގައި ކުއްލިގޮތަކަށް މަރުވި އަންހެން މީހާގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފި.

ކިޔުމަށް ހޭދަވާނީ 51ސ
ހުޅުމާލޭގައި ކުއްލިގޮތަކަށް މަރުވި އަންހެން މީހާގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފި.

ލިޔުނީ:  ޒިދާން މުހައްމަދު

ހުޅުމާލޭގައި ކުއްލިގޮތަކަށް މަރުވެފައިވާ އޮއްވައި ހޮނިހިރު ދުވަހު ފެނުނު އަންހެން މީހާގެ މަރުގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެ މައްސަލާގައި އިއްޔެ މީޙަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

ހުޅުމާލޭ، މުރަކައިގައި ދިރިއުޅެމުން ދިޔަ، އުމުރުން 27 އަހަރުގެ، އާއިޝަތު ވިޝާމާގެ މަރުގެ މައްސަލާގައި މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުނި ނަމަވެސް، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ނުދެއްވައެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ އަންހެން މީހާ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ، އޭނާގެ ހަށިގަނޑު ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިއުމުން، ހޮސްޕިޓަލުން ކަމަށެވެ.

މައުލޫމާތު ލިބުނު ގޮތުގައި، އަންހެން މީހާ މަރުވެފައި އޮއްވާ ފެނިފައި ވަނީ، ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގެ އެޕާޓްމަންޓަކުންނެވެ.

މިހާދިސާއާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް ފުލުހުންގެ ފަރާތުން ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން