ޕީޕީއެމްގެ ލީޑާޝިޕް މައްސަލައިގެ އިޖުރާއީ އަޑުއެހުންތައް ނިންމާލައިފި

ކިޔުމަށް ހޭދަވާނީ 1މ 11ސ
ޕީޕީއެމްގެ ލީޑާޝިޕް މައްސަލައިގެ އިޖުރާއީ އަޑުއެހުންތައް ނިންމާލައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އާއި ހަވާލު ކޮށްދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާއިމެދު ސުޕްރީމް ކޯޓުގައި ބާއްވާ އިޖުރާއީ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.

މިމައްސަލައިގައި ރައީސް މައުމޫންގެ ފަރާތުން ވަނީ ތަދައްޙުލްވެ އިޖުރާއީ އަޑުއެހުމުގައި ބައިވެރިވެފައެވެ. 

ޕީޕީއެމްގެ ފަރާތުން ވަކާލާތު ކުރެއްވީ މީގެ ކުރިން ސިވިލް ކޯޓުގައި އެމައްސަލަ ކުރިއަށް ގެންގޮސް އެޕާޓީގެ މުސްތަޝާރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އާއި ޕީޕީއެމް ހަވާލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ރައީސް މައުމޫންގެ ފަރާތުން ވަކާލާތު ކުރެއްވީ ކުރިން ސިވިލް ކޯޓުން ނިންމާ، ހައިކޯޓުން އެންޑޮސް ކޮށްފައިވާ މައްސަލަ ފާހަގަ ކުރައްވާ. އެޕާޓީގެ މުސްތަޝާރު މިވަގުތު ޕާޓީގައި ނެތް ކަމަށެވެ. އެހެންކަމުން އެހާލަތު އުވިގެން ގޮސްފައިވުމުގެ އިތުރުން އުސޫލުތަކާއި ޚީލާފަށް ބޭއްވި ކޮންގްރެސް އިލެކްޝަނުން ޤަބޫލު ކޮށްފައި ނުވާތީ އެމައްސަލަ ކުރިއަށް ގެންދެވެން ވެސް ނެތް ކަމަށެވެ.  

މިއަދު މެންދުރު ބޭއްވުނު އަޑުއެހުން ނިންމާލައްްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މިމައްސަލައާއި ބެހޭގޮތުން ބޭއްވި އިޖުރާއީ އަޑުއެހުންތައް ނިންމަވާލެއްވި ކަމަށާއި ސުޕްރީމް ކޯޓަށް މިމައްސަލަ ބަލައިގަތުމާމެދު ނިންމަވާ ގޮތެއް އަންގަވާނެ ކަމަށެވެ.

މިއަދު އޮންލައިން