އަނދުން ހުސެއިން ގެ ކެންޕެއިން ޖަގަހައަށް ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ވަޑައިގެން ހިއްވަރު ދެއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
އަނދުން ހުސެއިން ގެ ކެންޕެއިން ޖަގަހައަށް ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ވަޑައިގެން ހިއްވަރު ދެއްވައިފި

އެމްޑީޕީ މަޖިލިސް ޕްރްއިމަރީގައި ހެންވޭރު ދެކުނު ދާއިރާ އަށް ވާދަ ކުރައްވާ ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގެ ކެންޕެއިން ޖަގަހައަށް ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު މިރޭ ވަޑައިގެން ހިއްވަރު ދެއްވައިފިއެވެ.

އަބްދުﷲ ޝާހިދަކީ ކުރިން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާ ތަމްސިލުކުރެއްވި މެންބަރެވެ. އަބްދުﷲ ޝާހިދު މެންބަރުކަމުން އިސްތިއުފާ ދެއްވީ ފޮރިންގ މިނިސްޓަރ ކަމަށް ވަޑައިގަތުމަށެވެ.

އެމްޑީޕީ މަޖިލިސް ޕްރްއިމަރީގައި ހެންވޭރު ދެކުނު ދާއިރާއަކީ ވަރަށް ވާދަވެރިކޮށް ކެންޕެއިން ކުރަމުންދާ ދާއިރާއެއްކަން ފާހަގަކުރެވެއެވެ.

އަނދުން ހުސެއިން ގެ ކެންޕެއިން މިދިޔަމަހު ރަސްމީކޮށް ފެށުމުގެ ހަފަލާގައި ޖަގަހަ ހުޅުވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރީއްޔާ އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އެވެ. 

ހުސައިން ފާހަގަ ކުރެވިފައިވަނީ އެމްޑީޕީއަށާއި ދާއިރާގެ ރައްޔިތުންނަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ރައްޔިތުންގެ ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެއްގެ ގޮތުގައެވެ.

 

މިއަދު އޮންލައިން