ސެނަހިޔާ ހޮސްޕިޓަލު ކައިރިން ދެ ސައިކަލު ޖެހި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއެކްސިޑެންޓު ހިނގާފައިވަނީ ރޭ 21:27 ހާއިރު ކަމަށެވެ.
މިއެކްސިޑެންޓު ހިނގާފައިވަނީ ރިންގް ރޯޑުން ދުއްވާފައި އައި ދެ ސައިކަލު، ބުރުޒު މަގަށް އަޅަން އުޅުމުގެ ތެރޭގައި ކަމަށް ވެސް އޮފިޝަލު މައުލޫމާތު ދެއްވާފައިވެއެވެ.
ސެނަހިޔާ ކައިރިން ހިނގި މިއެކްސިޑެންޓުގައި އަނިޔާ ވެފައިވަނީ އުމުރުން 51 އަހަރުގެ ފިރިހެނަކަށާއި 40 އަހަރުގެ އަންހެނަކަށެވެ.
އެ ދެ މީހުންނަށް ވެސް ސެނަހިޔާ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗް އަށް ގެންގޮސްފައިވާއިރު، ދެމީހުންގެ ހާލު ވެސް ސީރިއަށް ނޫން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.