އެމްޑީޕީ މަޖިލިސް ޕްރްއިމަރީގެ ހެންވޭރު ދެކުނު ދާއިރާގެ ޓިކެޓް އަނދުން ހުސެއިން ކާމިޔާބުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
އެމްޑީޕީ މަޖިލިސް ޕްރްއިމަރީގެ ހެންވޭރު ދެކުނު ދާއިރާގެ ޓިކެޓް އަނދުން ހުސެއިން ކާމިޔާބުކޮށްފި

އެމްޑީޕީ މަޖިލިސް ޕްރްއިމަރީގެ ހެންވޭރު ދެކުނު ދާއިރާގެ ޓިކެޓް އަނދުން ހުސެއިން ޝަހީމް (އަނދުން ހުސެއިން) 357 ވޯޓުން ކާމިޔާބުކޮށްފިއެވެ.

މި އިންތިހާބުގައި ހެންވޭރު ދެކުނު ދާއިރާއިން އެމްޑީޕީގެ ޓިކެޓް ހޯދުމަށް 5 ބޭފުޅަކުވަނީ ވާދަކޮށްފައެވެ. އޭގެ ތެރެއިން ހުސެއިން އާއި އެއްމެ ވާދަކޮށްފައިވަނީ މިހާރުގެ އެދާއިރާގެ މެންބަރުކަން ކުރައްވާ މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އެވެ. ރުކުމާއަށް ލިބިފައިވަނި 345 ވޯޓެވެ.  

މި ލިބުނު ކާމިޔާބީއާއި ގުޅިގެން ހުސައިން ވަނީ މިދާއިރާގެ އެމްޑީޕީގެ މެންބަރުންނަށް ޝުކުރުއަދާކޮށްފައެވެ. އަދި ކެންޕެއިން ޓީމުން ކޮށްދިން ބުރަމަސައްކަތަށްވެސް ވަނީ ޝުކުރަދާކޮށްފައެވެ.

 

މިއަދު އޮންލައިން