ޖޭޕީޖީ (ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް) މިހާރު އެބައޮތް ކަމާއިމެދު ޤާސިމް އިބްރާހީމް ސުވާލު އުފައްދަވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޖޭޕީޖީ (ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް) މިހާރު އެބައޮތް ކަމާއިމެދު ޤާސިމް އިބްރާހީމް ސުވާލު އުފައްދަވައިފި

ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުތައް ގުޅިގެން މަސައްކަތްކުރަން އުފެއްދި ޖޭޕީޖީ (ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް) މިހާރު އެބައޮތް ކަމާއިމެދު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ސުވާލު އުފައްދަވައިފިއެވެ. 

ޤާސިމް އިބްރާހީމް މި ސުވާލު އުފައްދަވާފައިވަނީ މިރޭ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވެފައިވަނީ ޖޭޕީޖީ (ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް) އެމްޑީޕީން ރޫޅާލައިފާނެ ކަމަށް ބުނުމުން ޙައިރާންވެވަޑައިނުގަންނަވާ ކަމަށެވެ.  އަދި އިތުރަށް ރޫޅަން މިހާރު ޖޭޕީޖީ އެބައޮތް ކަމާއިމެދު ސުވާލު އުފެދޭ ކަމަށާއި އަންނަ ރިޔާސީ އިންތިޚާބުގައި މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް އެމްޑީޕީން ނިންމުމުން ކޯލިޝަން އެއްބަސްވުމާއި ވައުދާއި އަހުދާއި ޚިލާފްވެ ނިންމީ ނޫން ކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ.  

"ޖޭޕީޖީ (ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް) އެމްޑީޕީން ރޫޅާލައިފާނެ ކަމަށް ބުނުމުން ޙައިރާނެއް ނުވޭ. ސުވާލަކީ މިހާރު އެބައޮތް ހޭ؟ އިތުރަށް ރޫޅާކަށް! މަޖިލީހަށް ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް އެމްޑީޕީން ނިންމީމާ އެއްބަސްވުމާ ވައުދާ އަހުދާ ޚިލާފްވެ ނިންމީ ނޫންތޯ؟ ޤާސިމް"

އިތުރު ޓްވީޓެއްގައި ޤާސިމް އިބްރާހީމް ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުނީމާ މިފަހަރުވެސް ޖޭޕީ މަގުމައްޗަށް ނެރެ އެއްލައިލީމާ ޖޭޕީއަށް މިޖެހުނީ މިފަހަރުވެސް ސަލާން ޖަހަން ކަމަށެވެ. މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތި ލުމުގައި ޖޭޕީއާއިއެކު ގުޅިގެން މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބައަކާއި ވާހަކަދައްކަން ޖޭޕީން ތައްޔާރުވެއްޖައިން ކަމަށެވެ. އިން ޝާ ﷲ!

މިއަދު އޮންލައިން