ލިޔުނީ: ޒިދާން މުހައްމަދު
ލާމު ކައްދޫ ތެރެއިން، ލާމު ލިންކްރޯޑުގައި ނުރައްކާތެރި އެކްސިޓެންޓެއް ހިނގައިފިއެވެ.
"މި އެކްސިޑެންޓު ހިނގާފައި ވަނީ، ވޭން އަކާއި ސައިކަލެއް ޖެހިގެނެވެ. މި އެކްސިޑެންޓުގައި ސައިކަލާއި ވޭންއަށް ވެސް ގެއްލުންތަކެއް ލިބިފައި ވާއިރު، ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ލިބިފައި ނުވެއެވެ.
މި އެކްސިޓެންޓުގައި އުމުރުން 53 އަހަރުގެ މީހަކަށް އަނިޔާވެފައި ވާއިރު، އެމީހާއަށް ދަނީ ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ހޮސްޕިޓަލުގެ ބަހެއް އަދި ލިބިފައި ނުވާތީ، ލިބުނު އަނިޔާގެތަކުގެ ތަފްސީލެއް ވެސް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މި ހާދިސާގެ ތަފްސީލެއް ފުލުސް މީޑިއާއަށް ލިބުނހާ އަވަހަކަށް ހިއްސާކުރައްވާނެ ކަމަށެވެ.