ލިޔުނީ: ޒިދާން މުހައްމަދު
މަލޭސިޓީ ލޯކަލް މާރުކޭޓް ސަރަހައްދުގައި ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހާލު ސީރިއަސްވި ޒުވާނާ އައިޖީއެމްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ، އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވި ކުއްޖާއަށް ކަމަށާއި، އިތުރު މީހަކު ސައިކަލުގައި ނެތް ކަމަށެވެ. އަދި ސައިކަލު ޖެހުނީ ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، އެ ކުއްޖާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިހާރު ވަނީ ނިޔާވެފައެވެ.