ލިޔުނީ: ޒިދާން މުހައްމަދު
ހުޅުމާލޭގައި ހިންގާ ފިއުލް ސަޕްލައިގެ އޮފީހުން ބޭންކަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެއް މަގުމަތިން ޖަހައިގަނެ ފޭރިގެންފިއެވެ. މި ފައިސާތަކަކީ އިސްލާމިކް ބޭންކަށް ޖަމާކުރަން ގެންދިޔަ އެއްޗެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭގެ ސެންޓްރަލް މޯލްގައި ހުންނަ އިސާލްމިކް ބޭންކަށް ފައިސާ ޖަމާކުރަން ދިޔަ މީހާގެ މޫނަށް "މޫވް" ސްޕްރޭ ޖަހައި ދެ މީހަކު ފައިސާ ފޭރިގަތް މައްސަލައެއް ރިޕޯޓުކޮށްފައި ވާކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ ބަލަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފައިށތައް ފޭރިގަނެފައި ވަނީ ހުޅުމާލޭ ސެންޓްރޯ މޯލް ކައިރިން ކަައިރިންނެވެ. ބެލެވޭ ގޮތުން، އޭނާ އެ ފައިސާތައް ޖަމާކުރަން އުޅުނީ ސެންޓްރޯ މޯލްގައި ހުންނަ އިސްލާމިކް ބޭންކް އޭޓީއެމްއަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެއީ ގާތްގަނޑަކަށް 250،000ރ އެވެ.
މީގެ ކުރިން ވެސް ހުޅުމާލޭ ސެންޓްރޯ މޯލް ކައިރިން މިފަދަ ހާދިސާތައް ހިނގާފައި ވެއެވެ.