ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރު ބަދަލުކުރަނީ

ކިޔުމަށް ހޭދަވާނީ 47ސ
ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރު ބަދަލުކުރަނީ

ލިޔުނީ: ޒިދާން މުހައްމަދު

ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ބަދަލުކޮށް އާ ސަފީރު ރާއްޖެއަށް ފޮނުވަން އިންޑިއާގެ ހާރިޖިއްޔާއިން ނިންމައިފިއެވެ.

އިންޑިއާ ރާއްޖެ އަށް އަލަށް ކަނޑައެޅީ އިންޑިއާގެ ޕެޓްރޯލިއަމް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ، އިންޓަނޭޝަނަލް ކޯޕަރޭޝަންސްގެ މަގާމުގައި ހުންނެވި ސަންޖޭ ސޫދިރު އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުން، އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނާވާ ސަފީރު ބަދަލު ކުރަން ނިންމާފައިވަނީ، 6 ގައުމެއްގައި ތިބި ސަފީރުން ބަދަލު ކުރަން އިންޑިއާގެ ހާރިޖިއްޔާއިން ނިންމާފައިވާ ނިންމެވުމުގެ ތެރެއިންނެވެ.

އެހެން ނަމަވެސް، މި ވަގުތު އިންޑިއާގެ ސަފީރެއްގެ ގޮތުގައި ހަރަކާތެރިވަމުންދާ ސަފީރު އަކިލޭޝް މިޝްރާގެ ބަދަލުގައި އާ ސަފީރު ރާއްޖެ ފޮނުވާނެ ތާރީހެއް އިންޑިއާއިން އަދި ހާމަކޮށްފައި ނުވެއެވެ.

މިއަދު އޮންލައިން