ހުޅުމާލެ ގައި ހުންނަ ރޯ ހައުސް އެއްގެ ޓެރެސް މައްޗަށް މީހަކު ވެއްޓިފައި އޮއްވާ ފެނިއްޖެއެވެ. އެނގިފައިވާ ގޮތުގައި އެމީހާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި، މިހާދިސާގައި ނިޔާވެފައިވަނީ އުމުރުން 80 އަހަރުގެ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެކެވެ.
އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މެންދުރު 13:10 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.