ބިދޭސީއަކު ކުއްލި ގޮތަކަށް މަރުވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދިން ގޮތުގައި، އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައެވެ. އޭނާ އަކީ ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ ތަނެއްގައި ދިރިއުޅެމުން ދިޔަ މީހެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިވާކަން ފެންނަން ނެތް ކަމަށް ވެެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 14:00 ހައިރެވެ. މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.