މިފަހަކަށް އައިސް ލާދީނީ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައްކާފައިވާ، އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ފުލުހުންހެ އިދާރާއަށް ހާޒިރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މިރޭ 20:30 ހާއިރު އިބްރާ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރެވިފައިވާ ކަމަށެވެ.
މަންދު ކޮލެޖު ހިންގަމުންދާ އިބްރާ އެއިދާރާއަށް ހާޒިރު ކުރެވުނު ސަބަބެއް ފުލުހުން އަދި ހާމަ ކޮށްފައި ނުވި ކަމުގައި ވިޔަސް، ވަރަށް ފަހުން އޭނާ ވަނީ ލާދީނީ އެތައް ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައްކާފައެވެ.
އެގޮތުން މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) އަކީ އަމާނާތްތެރިއެއް ނޫން ކަމަށް ވެސް ބުނެ އިބްރާ ވަނީ އެކަލޭގެފާނަށްވެސް ފުރައްސާރަ ކޮށްފައެވެ.
އިބްރާގެ މިކަންކަމުގެ ސަބަބުން އޭނާއާއިމެދު ފިޔަވަޅު އެޅުމަށް އެތައް ބަޔަކު ގޮވާލާފައިވާއިރު އޭނާ ހިންގަމުންދާ މަންދު ކޮލެޖު ވެސް ބޯއިކޮޓް ކުރުމަށް މީހުން ގޮވާލާފައިވެއެވެ.