ފަސްވަނަ ފަންގިފިލާއިން ވެއްޓުނު އަންހެން ކުއްޖާގެ ހާލު ސްޓޭބަލް: އައިޖީއެމްއެޗް

ކިޔުމަށް ހޭދަވާނީ 46ސ
ފަސްވަނަ ފަންގިފިލާއިން ވެއްޓުނު އަންހެން ކުއްޖާގެ ހާލު ސްޓޭބަލް: އައިޖީއެމްއެޗް

މިއަދު މެންދުރުފަހު، މާލޭ ގެއެއްގެ ފަސް ވަނަ ފަންގިފިލާއިން އެހެން ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު އަންހެން ކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ. 

އައިޖީއެމްއެޗް ގެ އޮފިޝަލަކު ވިދާޅުވެފައިވަނީ، މިހާދިސާގައި އަނިޔާވި އުމުރުން 14 އަހަރުގެ އަންހެން ކުއްޖާގެ ހާލު ސްޓޭބަލް ކަމަށާއި ސީޓީ ސްކޭން ތަކެއް ވެސް ހަދަމުން އަންނަ ކަމަށެވެ. ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އެނގޭނީ ސްކޭން ކުރުމަށްފަހު ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެއަންހެން ކުއްޖާ ވެއްޓިފައިވަނީ ގ. ކޮލަމްބިއާ ކިޔާ ގެއެއްގެ ފަސް ވަނަ ފަންގިފިލާއިންނެވެ. ކައިރި ގެއެއްގެފުރާޅު މައްޗަށް އެކުއްޖާ ވެއްޓިފައިވާކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު މެންދުރުފަހު 14:01 ގައި ކަަމަށް ފުލުހުން ބުނެފައިވެއެވެ.

މިއަދު އޮންލައިން