ޖަލުގެ ޓްރޭނިންގ ކޭމްޕަށާ ސްކޯލާޝިޕަށް ފުރި ފަހުން ރައީސް ޔާމީނާ ބައްދަލެއް ނުކުރަން - މަޝްވަރާއެއްވެސް ނުކުރަން: ޤާސިމް އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ޖަލުގެ ޓްރޭނިންގ ކޭމްޕަށާ ސްކޯލާޝިޕަށް ފުރި ފަހުން ރައީސް ޔާމީނާ ބައްދަލެއް ނުކުރަން - މަޝްވަރާއެއްވެސް ނުކުރަން: ޤާސިމް އިބްރާހީމް

ރައީސް ޔާމީނުގެ ވެރިކަމުގައި ޖަލުގެ ޓްރޭނިންގ ކޭމްޕަށާއި ސްކޯލާޝިޕަށް ފުރާވަޑައިގެންނެވި ފަހުން ރައީސް ޔާމީނާއި ބައްދަލުކުރައްވާފައިވެސް ނުވާނެ ކަމަށާއި އަދި އެއްވެސް މަޝްވަރާއެއްވެސް ކުރައްވާފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖޭޕީގެ މައި މަރުކަޒު، މ. ކުނޫޒުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް ޔާމީނާއި ވަރަށް ގިނައިން ބައްދަލު ކުރެއްވިފައިވާނެ ކަމަށާއި އަދި އެންމެފަހުން ބައްދަލުވެވަޑައިގަތީ ރައީސް ޔާމީނުގެ ސަރުކާރާއި ގުޅިވަޑައިގެން މަސަކަތް ކުރެއްވި ދުވަސްވަރު ރައީސް އޮފީހުގައި ކަމަށެވެ.

މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވުމަށްޓަކައި ޞުލްޙަވެރިކަމާއިއެކު ޖުމްހޫރީ ޕާޓީ އާއި ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކޮންމެ ފަރާތަކާއިއެކުވެސް މަޝްވަރާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް މިރޭ ވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން