ދަތުރުކުރަމުންދިއަ ޑިންގީއެއްގެތެރެއިން މަސްތުވާތަކެއްޗާ އެކު ދެ މީހުން ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 33ސ
ދަތުރުކުރަމުންދިއަ ޑިންގީއެއްގެތެރެއިން މަސްތުވާތަކެއްޗާ އެކު ދެ މީހުން ހައްޔަރުކޮށްފި

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހުޅުދުއްފާރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދެ މީހުން މިއަދު ހެނދުނު ކަނޑުމަތިން ވަނީ ހައްޔަރު ކޮށްފިއެވެ. 

 މިދެމީހުން މިއަދު ހައްޔަރުކޮށްފައި ވަނީ 8:53 ހާއިރު ރ.އަތޮޅު ފަޅު ރަށެއް ކައިރިން ޑިންގީއެއްގައި ދަތުރުކުރަމުން ދަނި ކޮއްށެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރު ކުރީ 18 އަހަރުގެ ދެ މީހުން ކަމަށާއި. އަދި އެމީހުން މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ ޖޫސްޕެޓީ ކޮތަޅާއި ފިލްމު ހުސްކުރި ދަޅުގައި ކަމަށެވެ.

މި މައްސަލަ ދަނީ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުންް ބަލަމުން ނެވެ.

މިއަދު އޮންލައިން