މޫނަށް މޫވް ސްޕްރޭ ޖަހައި ފައިސާތަކެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 46ސ
މޫނަށް މޫވް ސްޕްރޭ ޖަހައި ފައިސާތަކެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި

މޫނަށް މޫވްސްޕްރޭ ޖަހައި ހުޅުމާލެއިން އިއްޔެ ފައިސާތަކެއް ފޭރިގަތް މައްސަލާގައި މީހަކު ހައްޔަރު ކޮށްފި އެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެެއް ކަމަށާއި އޭނާގެ ބަންދަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިހާރު 15 ދުވަސް ޖަހައިފި ކަމަށެވެ.

 

އިއްޔެ ހުޅުމާލެއިން ފޭރިގެންފައިވަނީ، އެތަނުގައި ހިންގާ ފިއުލް ސަޕްލައިސްގެ އޮފީހުން އިސްލާމިކް ބޭންކަށް ޖަމާކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާއެވެ. އެފައިސާތައް ފޭރުމުގައި ދެ މީހަކު ބައިވެރިވިކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

 

މިކަމާއި ގުޅޭގޮތުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައިސްގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ، ފޭރިގަތީ މިދިޔަ ހަފުތާގެ ބަންދުގައި ޕެޓްރޯލް ވިއްކައިގެން ލިބުނު ފައިސާ ކަމަށާއި ގާތްގަނޑަކަށް 250،000ރ. ހުންނާނެ ކަމަށެވެ.

މިއަދު އޮންލައިން