މާލޭގައި ގެއެއް ފަޅާލައި ވައްކަން ކޮށްފި.

ކިޔުމަށް ހޭދަވާނީ 32ސ
މާލޭގައި ގެއެއް ފަޅާލައި ވައްކަން ކޮށްފި.

ލިޔުނީ: ޒިދާން މުހައްމަދު 

މާލޭ ސިޓީ ގެއެއްގެ ދޮރު ފަޅާލައި ވައްކަންކޮށްފިއެވެ. ވައްކަންކޮށްފައި ވަނީ ޖަމާލުއްދީން ސްކޫލު ކައިރި ހުރި ގެއެއްގެ ހަތަރުވަނަ ފަންގިފިލާއިންނެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެގެއިން ދެ ފޯނާއި، 5000 ދިވެހި ރުފިޔާގެ އިތުރުން، 3500 ޑޮލަރު ވަގަށް ނަގާފައިވާ ކަމަށެވެ. އެކަން ހިނގާފައިވަނީ އެގޭ މީހުން ބޭރައްދިޔަ ދަނޑިވަޅެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ 

މީގެ އިތުރުން، ފުލުހުން ބުނީ އެކަން ރޭ 1130 ހާއިރު ފުލުހުންނަށް ރިޕޯޓު ކުރުމުން، އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

މިއަދު އޮންލައިން