ލިޔުނީ: ޒިދާން މުހައްމަދު
މާލޭ އާއި ހުޅުމާލެ އާ ދެމެދު ދަތުރުކުރާ ބަސްތައް ހުއްޓުމަށް މާލޭގައި ކަނޑައެޅިފައިވާ ސަރަހައްދުތައް ހިޔާ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓިޓެޑް (އެމްޕީއެލް) އިން ފަށައިފިއެވެ.
ބަސް ހުއްޓިތައް ހިޔާކުރުމުގެ މަސައްކަތް އެމްޕީއެލުން މިހާރު ކުރަމުން އަންނައިރު، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާލޭގައި ބަސް ހުއްޓާ ހުރިހާ ސަރަހައްދެއް ހިޔާކޮށް ނިންމުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
ބްރިޖަށް ދަތުރުކުރާ ބަސް މިހާރު ހުއްޓަމުން އަންނަނީ ބޭރު މަގުން ހަތަރު ސަރަހައްދަކަށް ނަމަވެސް، މާލެ ތެރޭގައި ވެސް އިތުރު ބަސް ހުއްޓިތައް ގާއިމުކޮށް ރައްޔިތުންނަށް ލުއި ގޮތްތައް ހޯދައިދިނުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް އޭވިއޭޝަނާއެކު މަޝްވަރާކުރަމުންދާ ކަމަށް އެމްޕީއެލުން މައުލޫމާތުދެއެވެ.
މީގެ އިތުރުން، އެމްޕީއެލުން ހުޚުމާލޭގައި އިތުރައް ގާއިމްކުރި ބައެއް ބަސްހުޢްޓިތައް ވެސް އަދި ހިޔާ ނުކުރާކަން ފާހަގަކޮށްލަމެވެ.