މިވަގުތު ސްޓިކަރ ނުޖަހާނެ ކަމަށް ސަރުކާރުން ބުނުމުން ޕާކް ކުރުން އިމުން ނެއްޓިއްޖެކަން ގިން ބައަކު ފާހަގަކުރަން ފަށައިފިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ މިސަރުކާރުން ސްޓިކަރ ޖަހާނީ ޕާކުކުރާނެތަން ދެއްކުމަށްފަހުގައި ކަމަށެވެ. އެމަނިކުފާނު އެގޮތަށް ވިދާޅުވުމުން ފުލުހުން މިހާރު ވަނީ ސްޓިކަރ ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފައެވެ.
ސްޓިކަރ ޖެހުން ވަގުތީ ގޮތުން ހުއްޓައިލުމާއި ގުޅިގެން ހިނގާ މީހުން މަގު ހުރަސްކުރަން ފާހަގަކޮށްފައިވާ ޒިބްރާ ކްރޮސްތަކުގައި ވެސް މިހާރު ދަނީ ޕާކުކުރަމުންނެވެ.