ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވާ އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން 4000 މީހުންގެ މެންބަޝިޕް ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް ސައްހަ ފޯމުގެ ގޮތުގައި ކޮމިޝަނުން ބަލައިގަތީ 1900 ފޯމެވެ.
ޕީއެންސީގެ އޮފިޝަލަކު މީޑިއާއަކަށް މިކަން ޔަގީން ކޮށްދެއްވާފައިވީ ނަމަވެސް، މިކަމާއިމެދު އީސީން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އޮފިޝަލު ވިދާޅުވެފައިވާ ގޮތުގައި ޕީއެންސީ އުފެއްދުމަށް 4000 އަށްވުރެ ގިނަ ފޯމު ހުށަހެޅި ނަމަވެސް އެކޮމިޝަނުން ބަލައިގަތީ 1900 ފޯމެވެ. އެހެންކަމުން އިތުރަށް 1000 އަށްވުރެ ގިނަ ފޯމު އީސީއަށް ހުށަހަޅާފައިވާނެ ކަމަށް ވެސް ޕީއެންސީގެ އެއޮފިޝަލު ވިދާޅުވެފައިވެއެވެ.
ޕީއެންސީ އާއިމެދު އީސީން އަމަލު ކުރަނީ ޒާތީ ގޮތަކަށް ކަމަށް ތުހުމަތު ކުރައްވާ އޮފިޝަލު ވިދާޅުވީ އެކަން ކުށްވެރި ކުރައްވާ ކަމަށެވެ.