އައްޑޫ-ކޮލަމްބޯ ދަތުރުތައް ހުއްޓާ ނުލައި ކުރިއަށް ގެންދަން މަޝްވަރާކޮށްފި.

ކިޔުމަށް ހޭދަވާނީ 1މ 18ސ
އައްޑޫ-ކޮލަމްބޯ ދަތުރުތައް ހުއްޓާ ނުލައި ކުރިއަށް ގެންދަން މަޝްވަރާކޮށްފި.

ލިޔުނީ: ޒިދާން މުހައްމަދު

އައްޑޫ ސިޓީ  ގަމާއި ސްރީލަންކާގެ ކޮލަމްބޯ އާއި ދެމެދު ސްރީލަންކަން އެއާރލައިންސުން ކުރަމުންދާ ދަތުރުތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ކަމާއި ބެހޭ ފަރާތްތަކުން މަޝްވަރާކޮށްފިއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި، ދިމާވަމުންދާ ދަތިތަކާއި ގުޅިގެން ސްރީލަންކަންއިން ގަމަށް ކުރަމުންދާ ދަތުރުތައް މަދުކޮށް، އަދި އަވަސް މުސްތަގުބަލެއްގައި ދަތުރުތައް މެދުކަނޑާލަން ޖެހިދާނެކަމަށް ސްރީލަންކަން ރާއްޖޭގައި އޮޕަރޭޓު ކުރާ ކުންފުނި އޭސް އޭވިއޭޝަން މޯލްޑިވްސްއިން ބުނުމާއި ގުޅިގެން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި ސަރުކާރުގެ ކަމާ ގުޅުންހުރި ފަރާތްތަކުން ވަނީ ދަތުރުތައް މެދުނު ނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތަކާއި މެދު މަޝްވަރާކޮށްފައެވެ.

އެގޮތުން، މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ މިއަދު ހެނދުނުއެވެ. އަދި މި މަޝްވަރާތަކުގެ ތެރެއިން، ވާހަކަދެކެވި މިކަން ދެމެހެއްޓެނިވި ގޮތަކަށް ކުރުމަށް ހުރި ގޮންޖެހުންތައް ބަލައި އެކަން ހައްލު ކުރުމަށް ވަނީ ނިންމާފައެވެ. 

ސްރީލަންކާގެ ދަތުރުތައް ގަމަށް އަދި ގަމުން ސްރީލަންކާއަށް ފަށާފައި ވަނީ މީގެ ދެއަހަރު ކުރިންނެވެ. 

މީގެ އިތުރުން، ފުލައިޓްތައް މަދުކޮށް ދަތުރުތައް ހުއްޓާލަފާނެ ކަމުގެ ބިރު ބޮޑުވެފައި ވަނީ، އެ އެއާލައިންސްއަށް ލިބުނު ގެއްލުމުން އަރައިނުގަނެވި އަދި ކަމާ ބެހޭ ފަރާތްތަކުން ނިންމަންޖެހޭ ބައެއް ކަންކަން ނުނިމި ހުރުމުގެ ސަބަބުން ކަމަށް މައުލޫމާތުލިބެއެވެ.

މިއަދު އޮންލައިން