ލިޔުނީ: ޒިދާން މުހައްމަދު
ޒުވާނުންގެ ސިޓީގެ ނަމުގައި މަޝްހޫރު، ހުޅުމާލޭގައި މިއަދު ވެސް އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 9:45 އެހާކަށްހާއިރުއެވެ.
އާސަންދަ ކުންފުނިން ހުޅުމާލޭގައި ހިންގާ، ހުޅުމާލޭ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 9:45 ހާއިރު އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި، އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ދެ ފިރިހެނުންނަށް ކަމަށަވެ.
އެގޮތުން، އޭގެތެރެއިން އެކަކުގެ ގައިން ބައެއް ތަންތަން މަށައިގެން ގޮސް، ނޭފަތުން ލޭ ވެސް އައިސްފައިވާ ކަމަށް އޭނާ މައުލޫމާތު ދެއެވެ. އަދި އަނެކަކުގެ ވައަތުގެ ކަށިގަނޑުގައި ފްރެކްޗާ އެއް އެޅިފައިވާއިރު ބޮލަށް ބައެއް ހެއްލުންތައް ލިބިފައިވާ ކަމަށް ވެސް ހުޅުމާލޭގެ ހޮސްޕިަޓަލުގެ މީޑިއާ ކޯޑިނޭޓާު އާޝިޔާ ސާލިޙް މައުލޫމާތު ދެއެވެ.
މިދުވަސްވަރަކީ ހުޅުމާލޭގައި އެކްސިޑެންޓްތައް ގިނަ ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން ދުައްވާ ފަރާތްތަކުން ހެދިފައިވާ ގަވައިދުތަކާއި އުސޫލުތަކުގެ މަތިން ދުައްވުމަކީ މިފަދަ އެކްސިޑެންޓްތައް މަދުކުރުމަށް ކުރާންޖެހިފައިވާ ކަމެކެވެ.