ގުރައިދޫން ބިޔަރު ދަޅުތަކަކާއެކު ދެމީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 53ސ
ގުރައިދޫން ބިޔަރު ދަޅުތަކަކާއެކު ދެމީހަކު ހައްޔަރުކޮށްފި

ކ. ގުރައިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބިޔަރު ދަޅުތަކަކާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކުރީ 27 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެކެވެ.

މިދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ގުރައިދޫއަށް ރޭ 02:00 ހާއިރު ބިޔަރު ދަޅުތަކެއް އެތެރެ ކުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ އެކު ގުރައިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ހިންގި އޮޕަރޭޝަނުގައި އެރަށު ބަނދަރު ސަރަޙައްދުންނެވެ. 

މިދެމީހުން އައި ޑިންގީ ގުރައިދޫ ބަނދަރަކަށް ކައިރިކުރުމުން އެދެމީހުން ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް މަސައްކަތްކުރި ވަގުތު އެމީހުންވަނީ މޫދަށް އެއްޗެއްހިތަކެއް އުކާލާފައެވެ.

އަދި އެމީހުންގެ ހާޒިރުގައި އެތަކެތި ނަގައި ބެލިއިރު 14 ދަޅު ބިޔަރު ފެނިފައިވެއެވެ.

މި މައްސަލައިގާ ހައްޔަރުކުރެވުުނު މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކޮށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާތަނެއްގައި ބަންދުކުރުމަށް ތިން ދުވަހުގެ މުއްދަތެއް ވަނީ ދީފަވެއެވެ.

 

މިއަދު އޮންލައިން