ނައިބު ރައީސް ފައިޞަލް ނަސީމް، މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައި، އެތަނުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލައްވައިފިއެވެ.
އަދި އެމަނިކުފާނުގެ މި ޒިޔާރަތުގައި މިނިސްޓްރީގެ އިސް ވެރިންނާ ބައްދަލުކުރައްވައި މަސައްކަތްތައް ކުރިޔަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ވަނީ އޮޅުންފިލުއްވާފައިވެއެވެ.