ލަންކާގެ މިނިވަން ދުވަސް ޝަރަފުވެރިކޮށްދިނުމަށް ރައީސް ޞާލިޙް ވަޑައިގަންވަނީ!

ކިޔުމަށް ހޭދަވާނީ 46ސ
ލަންކާގެ މިނިވަން ދުވަސް ޝަރަފުވެރިކޮށްދިނުމަށް ރައީސް ޞާލިޙް ވަޑައިގަންވަނީ!

ލިޔުނީ: ޒިދާން މުހައްމަދު    

އަވައްޓެރި ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އެގައުމަށް ވައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

1948 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު މިނިވަން ގައުމެއްގެ ގޮތުގައި ހަމަޖެހުނު ލަންކާގެ މިނިވަންކަމަށް އަންނަ މަހު 71 އަހަރު ފުރޭއިރު، ރައީސް ޞާލިޙް ވަޑައިގަންނަވާނީ އެ ގައުމުގެ މައި ސިޓީ ކޮލަމްބޯއަށެވެ.

މި ދަތުރާ ގުޅިގެން މާ ބޮޑު ތަފްސީލެއް އަދި ސަރުކާރުގެ ފަރާތުން ހާމަކޮށްފައި ނުވާއިރު، އެނގިފައި ވަނީ، މިއީ ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ދައުވަތަކަށް ރައީސް ޞާލިޙް ކުރައްވަން ނިންމެވި ދަތުރުފުޅެއްކަމެވެ. 

މި ދަތުރުފުޅު ކުރިއަށްދާނީ އަންނަ މަހުގެ ތިނަކުން ފަހެއްގެ ނިޔަލަށް ކަމސް މައުލޫމާތު ލިބިފައި ވެއެވެ.

މިއަދު އޮންލައިން