ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި - މީހެއްގެ ފައިގެ ކަށިގަނޑު ވަނީ ބޭރަށް ނިކުމެފަ!

ކިޔުމަށް ހޭދަވާނީ 1މ 9ސ
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި - މީހެއްގެ ފައިގެ ކަށިގަނޑު ވަނީ ބޭރަށް ނިކުމެފަ!

މީގެ ކުޑަ އިރުކޮޅެއް ކުރިން ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ބޮޑެތި ޒަޚަމްތަކެއް ވެއްޖެއެވެ. 

މަންޒަރު ދުށް މީހަކު "މިއަދުނޫހަށް" މައުލޫމާތު ދެމުން ބުނީ، މިއެކްސިޑެންޓު ހިނގާފައިވަނީ ބްރިޖު ހުރަސްކޮށް ހައިވޭއިން ހުޅުމާލެއަށް އަރަން އިންނަ މަގުން ކަމަށާއި، އެކްސިޑެންޓު ހިނގާފައި ވަނީ ވޭނަކާ ސައިކަލެއް ޖެހިގެން ކަމަށެވެ. 

ސައިކަލު ދުއްވަން އިން މީހާ އިނީ ހެލްމެޓު ވެސް އަޅައިގެން ކަމަށާއި، ނަމަވެސް ފަހަތުން އައި ކާރެއް ޖެހުމުގެ ސަބަބުން އެކްސިޑެންޓުވެ، ސައިކަލު ދުއްވަން އިން ފިރިހެން މީހާގެ ފައި އޮތީ "ހަމަ ކިރިޔާ ބުރިނުވެ" ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ. އަދި ޕްރިޒަން އޮފިސަރަކާއި ފުލުހުންގެ އެހީގަ އެމީހާ މިހާރު ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ވެސް މައުމޫލާތު ދިން މީހާ ބުންޏެވެ.

މިއެކްސިޑެންޓާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން، ހުޅުމާލެ ހޮސްޕިޓަލު ހިންގުމާއި ހަވާލުވެގެން ހުންނަ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު އާޝިޔާ ސޯލިހު ވިދާޅުވީ އެކްސިޑެންޓުވެ އަނިޔާވި ފިރިހެނަކު މިއަދު މެންދުރުފަހު 14:55 ހާއިރު އެހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި އެމީހެ ވައަތު ފައިގެ ކުޑަހުޅުގެ ކަށިގަނޑުވެސް ވަނީ މަސްގަނޑުން ބޭރަށް ނިކުމެފަ ކަމަށެވެ.

މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ ގއ. ކޮލަމާފުށްޓަށް ނިސްބަތްވާ އުމުރުން 61 އަހަރުގެ ފިރިހެނެކެވެ.

މިއަދު އޮންލައިން