ފޯވަރޑް އެމިލިއާނޯ ސަލާ އާއި ޕައިލެޓް ފެންނާނެކަމުގެ އުއްމީދު ކުޑަ!

ކިޔުމަށް ހޭދަވާނީ 1މ 51ސ
ފޯވަރޑް އެމިލިއާނޯ ސަލާ އާއި ޕައިލެޓް ފެންނާނެކަމުގެ އުއްމީދު ކުޑަ!

ފޯވަރޑް އެމިލިއާނޯ ސަލާ އާއި ޕައިލެޓް ފެންނާނެކަމުގެ އުއްމީދު ކުޑަކަމަށް ރެސްކިއު ޓީމުތަކާއި ޙަވާލާދީ ރިޕޯޓުތައް ބުނެފިއެވެ.

 

ބީބީސީ އިން ބުނެފައިވާ ގޮތުގައި އިއްޔެއިން ފެށިގެން މިހާތަނަށް ކުރެވުނު މަސައްކަތުން އެދެވޭ ނަތީޖާއެއް ފެނިފައިނުވާ ކަމަށާއި އެހެންކަމުން ސަލާ އާއި އެބޯޓުގެ ކެޕްޓަން ފެނުމުގެ އުއްމީދު ކުޑަކަމަށެވެ.

 

ކާޑިފް ސިޓީއަށް ދާދި ފަހުން ސޮއި ކޮށްފައިވާ އާޖެންޓީނާގެ ފޯވަރޑް އެމިލިއާނޯ ސަލާ ދަތުރު ކުރި ޕްރައިވެޓް ޖެޓް ނަންޓޭސް އިން ފުރީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 19:15 ގައެވެ. އަދި ބޯޓު ދަތުރުކުރަމުންދިޔައީ 5000 ފޫޓު މަތިންނަމަވެސް ސިގްނަލް ގެއްލުނު އިރު 2300 ފޫޓަށް ބޯޓު ތިރިވެފައި ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

 

ބޯޓުން ދަތުރުކުރަމުން ވަޓްސްއަޕް މެދުވެރިކޮށް ސަލާ އޭނާގެ ބައްޕައަށް ފޮނުވާފައިވާ މެސެޖެއް މިހާރު ވަނީ ޢާންމުވެފައެވެ. އެ މެސެޖުގައިވާ ގޮތުން އޭނާ މިހުރީ މަތިންދާ ބޯޓެއްގައި ކަމަށާއި މި ހީވަނީ ހަލާކުވެދާނެހެންކަމަށް ވަނީ ބުނެފައެވެ. އަދި ދަތުރުމިކުރަމުން މިދަނީ ކާޑިފަށް ދާން ކަމަށާއި ކުރިއަށް އޮތް އެއް ގަޑިއިރު ބައިގެ ތެރޭގައި ޚަބަރެއް ނުލިބިއްޖެނަމަ އެމީހުން އަހަރެން ހޯދަން މީހުން ފޮނުވާނެ ކަމެއް ނޭނގޭ ކަމަށްވެސް ބުނެފައިވާކަމަށް ވެއެވެ.

 

މީގެއިތުރުން "އެއީ އަހަންނަށް އެނގޭ އެ މީހުންނަށް އަހަރެން ނުފެންނާނެކަން. ބައްޕަ އަށް އެނގޭތަ. އަހަރެން މިހުރީ ވަރަށް ބިރުން" ކަމަށް ބުނެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

 

ގާންސީގެ ކޯސްޓު ގާޑުން ބުނީ ފްރާންސްގެ ނަން ޓޭސް އިން ކާޑިފްއަށް ދަތުރު ކުރި ޕީއޭ 46 މަލިބޫއެއަރ ކުރާފްޓް ރޭޑާ ސިގްނަލުން ގެއްލުނު ކަމުގެ އެލަރޓް ގާންސީގެ ކޯސްޓުގާޑަށް އެންގިވަގުތުން ފެށިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް އެސަރަހައްދުގެ މޫސުން ގޯސްވެފައިވާތީ ބޯޓު ހޯދުމަށް ހުރަސްތަކެއް ދިމާވެފައިކަމަށެވެ.

 

ޢުމުރުން 28 އަހަރުގެ ފޯވަރޑް ކާޑިފް ސިޓީއަށް 15 މިލިއަން ޕައުންޑަށް ސޮއި ކުރި އިރު، އޭނާ ހޯދުމަށް ގިނަ ކުލަބުތަކަކުން މަސައްކަތްކޮށްފައިވެއެވެ. އޭގެތެރޭގައި ޕްރިމިއަރ ލީގުގެ ބައެއް ކުލަބުތައްވެސް ހިމެނެއެވެ.

 

ފްރާންސްގައި ނޯންޓްސްއަށް 2015 ވަނަ އަހަރު ކުޅެންފެށި ސަލާ އެޓީމަށް 117 މެޗު ކުޅެ 42 ގޯލު ވަނީ ޖަހާފައެވެ.

 

ސަލާ ގެއްލުމާއިގުޅިގެން ކާޑިފް އަދި ނޯންޓްސް އިން ދަނީ ހިތާމަފާޅުކުރަމުންނެވެ.

 

މިއަދު އޮންލައިން