ވެރިކަމުގެ ނިޒާމު ބަދަލުކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ވައްޓައެއް ނުލެވޭނެ: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ވެރިކަމުގެ ނިޒާމު ބަދަލުކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ވައްޓައެއް ނުލެވޭނެ: ޤާސިމް

ރާއްޖޭގައި ވެރިކަން ކުރާ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ވައްޓައިލަން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެކަން ކުރުމުގެ ފުރުޞަތު ނުލިބޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީ ޕާޓީ އާއި ބައެއް މެންބަރުން ގުޅުމަށް މިރޭ އެޕާޓީގެ މައި މަރުކަޒް މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ އޮޅުވައިލުމަށްޓަކައި ދިވެހިރާއްޖޭގެ ނަން ބަދަލުކޮށް ތަފާތު ނަންތައް ކީނަމަވެސް މިއީ ދިވެހިރާއްޖެ ކަމަށެވެ. އަދި އެއީއަކީ ބަދަލުކުރެވޭނެ ނަމެއްވެސް ނޫން ކަމަށެވެ. ހަމަ އެފަދައިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމަށް 2 މަސްވީއިރު ފެނިގެން މިދަނީ ރައީސް ޞާލިޙްގެ ވެރިކަން ވައްޓައިލުމަށްޓަކައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ތަން ކަމަށެވެ. 

ޤާސިމް އިބްރާހީމް މިރޭވެސް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޤާނޫނީ އިމުގެ ތެރެއިން ކަންކަން ކުރައްވަމުން ގެންދަވާހައި ދުވަހަކު ރައްޔިތުން އެމަނިކުފާނަށް އަރުވާފައިވާ ވެރިކަމުގައި ހުންނެވޭނެ ކަމަށެވެ. އަދި މި 5 އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަން ކުރެއްވުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު އޮވެގެންވެސް، ދީގެންވެސް ނުވާނެ ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ވެރިކަން ލިބުމުން ހުރިހާއެއްޗެއް އެއް މުޅިއަކަށް ޖަމާކުރާ އުޞޫލުން ޤައުމުގެ ހުރިހާ ބާރުތަކެއް އެއް ތަނަކަށް ޖަމާކުރުމުގެ ފުރުޞަތު މިހާރު އެއްވެސް ފަރާތަކަށް ރައްޔިތުން ނުދޭނެ ކަމަށެވެ. އަދި އެއީ ރައްޔިތުން ބަލައިގަންނާނެ ކަމެއްވެސް ނޫން ކަމަށެވެ. 

ޤާސިމް އިބްރާހީމް މިރޭވެސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދަވާނީ ޤާނޫނުތަކުގެ ތެރެއިން ޤާނޫނާއި އެއްގޮތަށް ކަމަށާއި އެންމެންގެ މެދުގައި ހަމަހަމަ އުޞޫލަކުން އަމަލުކުރެވޭނެ ގޮތް ހަމަޖެހިގެން ދިއުމަކި 1984 ވަނަ އަހަރުންވެސް އެމަނިކުފާނު ވަކާލާތު ކުރައްވަމުން ގެނަދަވާ ގޮތް ކަމަށެވެ. އެހެންކަމުން ޕީއެންސީ ރަޖިސްޓްރީ ކުރުމަށްވެސް އިލްކްޝަންސް ކޮމިޝަނުން ޒާތީ ގޮތުން ދަތިތައް ކުރިމަތި ކުރާތީ އެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިނަމަ އެކަމެއް ބައްލަވާނެ ކަމަށެވެ. އެއްވެސް ފަރާތެއްގެ ޙައްޤު ގެއްލިގެން ހުށަހަޅައިފިނަމަ 24 ގަޑިއިރު މަޖިލިސް ހުޅުވައިގެން މަސައްކަތް ކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް އެ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. 

މިއަދު އޮންލައިން