ލ. އަތޮޅު ގަން ތުނޑީއަވަށުގައި ތަރައްޤީކޮށްފައި ހުންނަ ލާމު ޕްރީސްކޫލްގެ ދޮރު ހަލާކު ކޮށްލައިގެން ބަޔަކު ވަދެ ފައިސާތަކެއް ވަގަށް ނަގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި، ރޭ ދަންވަރު ހިނގި މިހާދިސާ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 6:45 ހާއިރެވެ.

މިމައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާއިރު، މިކަމާއި ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.