ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހޯދުމަށް އެދުނު މައުލޫމާތެއް ސަރުކާރު ހޮސްޕިޓަލު ކަމަށްވާ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ދީފައިނުވާ ކަމަށް ބުނެ، އެކޮމިޝަނުން އައިޖީއެމްއެޗް އާއި ދެކޮޅަށް ދައުވާ ކޮށްފިއެވެ.
އެޗްއާރްސީއެމް އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން އެދުނު މައުލޫމާތެއް އައިޖީއެމްއެޗުން ނުދީގެން ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް މިއަދު އެ ކޮމިޝަނުގެ ފަރާތުން ގޮސްފައިވާ ކަމަށެވެ.
އެހެންނަމަވެސް އައިޖީއެމްއެޗް އިން މައުލޫމާތު ނުދިނީ އެޗްއާރްސީއެމް އިން ބަލާ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް، އެކޮމިޝަނުންނާއި އައިޖީއެމްއެޗް އިން ވެސް ހާމަކޮށްފައެއް ނުވެއެވެ.