ފާއިތުވި ޑިސެމްބަރމަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ ޑިސެމްބަރމަހާ އަޅާބަލާއިރު 9 އިންސައްތަ އިތުރުވެއްޖެއެވެ.
ކަސްޓަމްސްގެ ހިސާބުތައް ދައްކާގޮތުން 2017 ވަނަ އަހަރުގެ ޑިސެމްބަރމަހު ދިވެހިރާއްޖެއަށް އެތެރެކޮށްފައި ވަނީ 3.9 ބިލިއަން ރުފިޔާގެ މުދަލެވެ. 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހު އެތެރެކުރި މުދަލުގެ އަގު ވަނީ 4.2 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ހަމައެއާއިއެކު އެކްސްޕޯޓުކުރުމުގައިވެސް ކުރިއެރުން ލިބިފައެވެ. 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކްސްޕޯޓް ކުރެވިފައިވަނީ 444.6 މިލިއަން ރުފިޔާގެ މުދަލެވެ.
2018 ވަނަ އަަހރުގެ ޑިސެމްބަރު މަހު އެކްސްޕޯރޓް ކުރެވުނު މުދަލުގެ އަގަކީ 444.6 މިލިއަން ރުފިޔާއެވެ. މިއާއިއެކު މިދިއަ ޑިސެމްބަރު މަހު ކަސްޓަމްސްއަށް (ދައުލަތަށް) ލިބުނު އާމްދަނީ ވަނީ 285 މިލިއަނުން 327 މިލިއަނަށް އިތުރުވެ 14% ގެ ކުރިއެރުމެއް ލިބިފައެވެ.