ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގެ އާންމު ޖަލްސާ އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ޕީއެންސީ އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މިއަދެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ކުރީގެ ސެކްރެޓެރީ ޖެނެރަލް އަދި މިހާރު ޕީއެންސީ އާއި ގުޅިވަޑައިގެން ހުންނެވި މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވީ ޕީއެންސީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ.
ކުރީގެ ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އައު ޕާޓީއެއް އުފައްދަވަން ނިންމެވީ، ޕީޕީއެމްގެ ލީޑަރޝިޕް އާއި ގުޅުން ހުރި މައްސަލައެއް ސުޕްރީމް ކޯޓުގައި އޮތުމުންނެވެ.