އިންޑިއާގެ 70 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުތައް ރާއްޖޭގަ ހުރި އިންޑިއާ ހައިކޮމިޝަނުން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އިންޑިއާގެ 70 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުތައް ރާއްޖޭގަ ހުރި އިންޑިއާ ހައިކޮމިޝަނުން ފަށައިފި

އިންޑިއާގެ 70 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުތައް ރާއްޖޭގައި ހުރި އިންޑިއާ ހައިކޮމިޝަނުން ފަށައިފިއެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު އިންޑިއާ ހައިކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރ އަކިލޭޝް މިޝްރާއެވެ.

ރާއްޖޭގައި ދިރިއުޅޭ ގިން އަދަދަދެއްގެ އިންޑިއާ ރައްޔިތުން ބައިވެރިވި މި ރަސްމިއްޔާތުގައި ހައިކޮމިޝަނަރ ވަނީ ދުވަހާއި ގުޅިގެން އިންޑިއާގެ ރައީސް ދެއްވި ޚިޠާބު ވިދާޅުވެފައެވެ.

އިންޑިއާގެ ރައީސްގެ ޚިޠާބުގައި ވަނީ އިންޑިއާއިން ހޯދައިފައިވާ ކުރިއެރުމާއި ޙާޞިލުކުރަން ޖެހޭ ލަނޑުދަނޑިތަކަށް ބައްލަވައިލައްވައިފައެވެ. އެގޮތުން އިންޑިއާއަކީ ތަކެތި ގިނަ އަދަކަށް އުފައްދާ ޤައުމަކުން ފެންވަރު ރަނގަޅު ތަކެތި އުފައްދާ ޤައުމަކަށް ބަދަލުކުރަންޖެހޭ ޤައުމެއް ކަމަށާއި ތައުލީމުވެސް އެންމެ މަތީ ފެންވަރުގައި ވީހައި ގިން ބައަކަށް ފޯރުކޮށްދޭ ޤައުމަކަށް ބަދަލުކުރުމުގެ މުހިންމުކަންވެސް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަން ބާއްވާ ޚާއްޞް ހަފްލާ އޮންނާނީ މިރޭ ދަރުބާރުގޭގައެވެ.

 

މިއަދު އޮންލައިން