ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު ޕާޓީ ޑްރަގްސް ތަކެއް އަތުލައިގެންފި

ކިޔުމަށް ހޭދަވާނީ 55ސ
ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު ޕާޓީ ޑްރަގްސް ތަކެއް އަތުލައިގެންފި

ޕޯސްޓު މެދުވެރިކޮށް ބެލްޖިއަމް އިން ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ޕާޓީ ޑްރަގްސް ތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސެސް އިން އަތުލައިގެންފިއެވެ.

 

ކަސްޓަމްސް އިން ބުނެފައިވަނީ ޕޯސްޓު މެދުވެރިކޮށް ބެލްޖިއަމް އިން ރާއްޖެ އެތެރެ ކުރަން އުޅުނު ޕާޓީ ޑްރަގްސް އަތުލައިގެންފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި ޕާރުސަލުގެ ވެރިފަރާތުގެ ހާޒިރުގައި އޭތި ކެނޑިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ އެމްޑީއެމްއޭ (އެކްސްޓަސީ) ގެ 1،943 ގުޅަ އެޕާރުސަލު ތެރޭގައި އޮތް ކަމަށެވެ.

 

މީގެއިތުރުން ކަސްޓަމްސް އިން ބުނެފައިވަނީ އެޕާރުސަލުގެ ބަރުދަނުގައި 1،105 ގްރާމް ހުރިކަމަށާއި އެތަކެތި މިހާރުވަނީ ފުލުހުންނާއި ހަވާލު ކޮށްފައި ކަމަށެވެ. އަދި އެޕާރުސަލުގެ ވެރިފަރާތްވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.

 

މިތަކެތި ރައްކާ ކޮށްފައި ހުރީ ޕެކެޓު ކުރުމަށްފަހު ވަޔަރލެސް ސްޕީކަރެއްގެ ތެރޭގައިކަން، ކަސްޓަމްސް އިން އާންމުކޮށްފައިވާ ފޮޓޯއިން ހާމަވެއެވެ.

މިއަދު އޮންލައިން