ހެޔޮ އެދޭނަމަ އޮތީ ނުބައި ކަންކަން ކުރުމަށް ހުރަސް އަޅައި ހުޓުވުމެވެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ހެޔޮ އެދޭނަމަ އޮތީ ނުބައި ކަންކަން ކުރުމަށް ހުރަސް އަޅައި ހުޓުވުމެވެ!: ޑރ. އިޔާޟް

"ހެޔޮ އެދޭނަމަ އޭނާ ކުރާ ނުބައި ކަންކަން މަނާކުރާށެވެ! އޭނާ އެކުރާ ނުބައި ކަންތައްތަކުން ތިމާޢަށް މަންފާތަކެއް ކުރި ނަމަވެސް އެއީ ވަގުތީ ކަމެކެވެ. ދެން ފަހުން އޭނާއަށް އަދަބު ލިބެން ފެށީމާ އަދަބު ދޭ މީހާ ދެކެ ރުޅި އައުމަކުން ކުރާނެ ފައިދާއެއް ނުއޮންނާނެއެވެ." 

މިއީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ ވަރަށް ޢިބްރަތްތެރި ބަސްކޮޅެކެވެ. ގިނަ ބައެއްގެ ދިރިއުޅުމާއި ވަރަށް ގުޅުން ހުރި ބަސްކޮޅެކެވެ. 

ސްކޫލްތަކުގައި ކިޔަވާ ބައެއް ދަރިވަރުން އެހެން ކުދިންގެ ތަކެތި ގެއަށް ގެންނަކަން އެނގިތިބެ ވެސް އަޅައިނުލާ ބެލެނިވެރިން އެބަ ތިއްބެވެ. ކުއްޖާ އޭނާ ބޭނުންވާ އެއްޗެއް ވަގަށް ނަގައިގެން ގެނައި ނަމަވެސް އަޅައި ނުލަނީ ކުއްޖާ ވައްކަންކޮށްގެން ނަމަވެސް އެ އެއްޗެއް ހޯދުމުން އެ އެތި ގަނެދޭން ބެލެނިވެރިންނަށް ނުޖެހޭނެތީ ލިބޭނެ މާލީ ލުޔަށް ބަލައިގެން ކަމަށްވެދާނެއެވެ. 

މިފަދަ ކުދިންގެ ވައްކަމުގެ މައްސަލައެއް ފަޅައި އެރުމުން ސްކޫލުން ނުވަތަ ސަރުކާރުގެ އިދާރާއަކުން ފިޔަވަޅު އަޅައިފިނަމަ ކުށްވެރި ކުރަނީ ފިޔަވަޅު އެޅި ފަރާތެކެވެ. ކުއްޖާ ކުޑަކަން ވެސް އިޙްޞާޞް ވަނީ އެ ހިސާބުންނެވެ. އެ ފަދަ ހާލަތުގައި ކުއްޖާ ކުރި ކުށް ކުށެއް ކަމަށް ވެސް ޤަބޫލެއް ނުކުރެވެއެވެ. އިސް ކުރެވެނީ ކުޑަކުދިންނަށް ލިބެން ޖެހޭ ޙައްޤުތަކުގެ ވާހަކަތަކެވެ. 

ބައެއް ޢާއިލާތަކުން، ވަޒީފާ އަދާކުރާ ދަރިން ނުވަތަ ފިރިން ވައްކަންކުރާއިރުވެސް އަޅައެއް ނުލައެވެ. ލިބޭ މުސާރައަށްވުރެ އެތައް ގުނައެއް އިތުރަށް ގެއަށް ގެނައުމުން ސުވާލެއްވެސް ނުކުރެއެވެ. މަހަކު 10000 ވަރު މުސާރަ ލިބޭ މުވައްޒިފުން މިލިއަންނަރުން ފެންވަރުގައި ދިރިއުޅޭ އިރުވެސް ފައިސާ ހޯދާ ގޮތަކާއިމެދު ސުވާލެއް ނުކުރެއެވެ. ފަޅާ އަރައި އަދަބު ލިބުމުން ކުށްވެރި ކުރެވެނީ ޙުކުމް ކުރި ޤާޟީ އާއި އަދަބު ތަންފީޒުކުރާ ފަރާތެވެ.

ދީނީ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ހެޔޮ ނަޞޭޙަތް ދީ ތިމާގެ ކުށްތައް އިޞްލާޙްކުރަން މަސައްކަތް ނުކުރާ 1000 ރަޙްމަތްތެރިންނަށްވުރެ ހެޔޮ ނަޞޭޙަތް ދީ ތިމާ އިޞްލާޙްކުރަން މަސައްކަތްކުރާ އެންމެ ރަޙްމަތްތެރިއެއްގެ މުހިންމުކަންވެސް މާ ބޮޑެވެ. އަދި ތިމާއަށް ހެޔޮ އެދޭ ޙަޤީޤީ އެކުވެރިންނަކީވެސް ޢާއިލާގެ މީހުންނަކީވެސް އެމީހާގެ ކުށްތައް ބެނެދީ އިޞްލާޙްކުރަން މަސައްކަތްކުރާ މީހުންނެވެ. 

މިއަދު އޮންލައިން