ބާޒާރުމަތިން ދެ ތެޔޮ ކޭސް ވަގަށް ނެގި ދެ މީހަކުހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 29ސ
ބާޒާރުމަތިން ދެ ތެޔޮ ކޭސް ވަގަށް ނެގި ދެ މީހަކުހައްޔަރު ކޮށްފި

ބާޒާރުމަތީ ސަރަޙައްދުން ދެ ތެޔޮ ކޭސް (ކުކިންގ އޮއިލް) ވަގަށް ނެގި ދެ މީހަކު، ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިއަދު ހެނދުނު 10:10 ހާއިރު ބާޒާރުމަތީ ސަރަޙައްދުގައި ބަހައްޓާފައި ހުރި ދެ ތެޔޮ ކޭސް ވަގަށް ނަގާފައިވާ މައްސަލައިގައި، ތުހުމަތު ކުރެވޭ ދެ މީހަކު ބޮޑުރަސްގެފާނު މަގުން ހުއްޓުވާއެތަކެއްޗާއެކު ހައްޔަރު ކުރެވިފައިވާ ކަމަށެވެ. 

މިމައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 26 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ. މިދެމީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިއަދު އޮންލައިން