ރައީސް ޔާމީނާއި އަދީބުގެ މައްޗަށް ކުރާ މަނީ ލޯންޑްރިން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
ރައީސް ޔާމީނާއި އަދީބުގެ މައްޗަށް ކުރާ މަނީ ލޯންޑްރިން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މައްޗަށް ކުރާ މަނީ ލޯންޑްރިން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް ހުށަހަޅައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލޯންޑްރިންގެ އިތުރުން ކޮރަޕްޝަނާއި ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވޭ ހެކި ހުރި ކަމަށާއި ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ދައުލަތަށް ލިބެން ޖެހޭ ފައިސާ އަނބުރާ ހޯދަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނާ އެ ލިޔުންތައް ހަވާލުކުރީ މި މަހުގެ 15 ގަ އެވެ. މިމައްސަލަ ފުލުހުންނަށް ހުށަހެޅީ ކޮން ދުވަހަކު ކަމެއް ސާފުވާގޮތްވަނީ ނުވެފައެވެ.

މި މައްސަލައިގެ ލިޔުންތަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވީ އެމްޑީޕީން ކަމަށް އެއޮފީހުން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން