ރެޑްވޭވް އިން 15 ނޮވެމްބަރ 2018 އިން 15 ޖެނުއަރީ 2019 ގެ ނިޔަލަށް،ރެޑްވޭވް ގެ ހުރިހާ ފިހާރައެއްގައި ކުރިއަށް ގެންދިޔަ ރެޑްވޭވް އަހަރީ ބާޒާރުގެ ނަސީބުވެރިންނަށް ފައިސާގެ އިނާމް ހަވާލުކޮށްފިއެވެ.

އަހަރީ ބާޒާރުގެ ގުރުއަތުން ހޮވުނު ނަސީބުވެރި 3 ފަރާތަށް ފައިސާގެ އިނާމް އިއްޔެ ރެޑްވޭވް އޮފީހުގައި ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައި ވަނީ ހަވާލުކުރެވިފައެވެ.އެގޮތުން އައިމިނަތު ސަލާމާއަށް 20،000ރ، އަބްދުﷲ މުއިއްޒު ފުއާދަށް 30،000ރ އަދި ޒާހިދާ އިބްރާހީމް އަށް 50،000ރ ލިބިގެންދިޔައިރު މިއިނާމްތައް ވެގެންދިޔައީ 3 ފަރާތަށްވެސް ވަރަށް ޚާއްސަވެގެންދިޔަ އާއަހަރުގެ ހަދިޔާއަކަށެވެ. އަދި އަހަރުގެ ފެށުން ފުރިހަމަކޮށްލުމަށް ލިބިގެންދިޔަ ފުރުސަތަކަށެވެ.
ރެޑްވޭވްގެ އިން ބުނެފައިވަނީ އަހަރީ ބާޒާރުގެ ނަމުގައި ފައިސާގެ އިނާމްތަކެއް ލިބިގެންދިޔަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ނިންމާފައިވަނީ ކަސްޓަމަރުންގެ ހިޔާލާއި އެދިލެއްވުމުގެ މަތިންކަމަށާއި އަދި ކުރިއަށްއޮތް ރެޑްވޭވް ރޯދަ ސޭލް ވެގެންދާނީ މިއަށްވުރެވެސް ބޮޑު އިނާމްތަކެއް ލިބިގެންދާ ފުރިހަމަ ސޭލްއެއް ކަމުގައި ރެޑްވޭވުން ވަނީ ބުނެފައެވެ.