މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގުގެ ހުރިހާ މައުލޫމާތެއް ރިޔާސީ ކޮމިޝަނާ ހިއްސާކޮށްފިއެވެ.
އޭސީސީ އިން ބުނެފައިވަނީ އެމްއެމްޕީއާރުސީ އިން ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ބޮޑު ހިޔާނާތް 1.4 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ތަހުގީގަށް އޭސީސީން ހޯދި ހުރިހާ މައުލޫމާތުތެއް ރިޔާސީ ކޮމިޝަނާ ހިއްސާކޮށްފައިވާނެކަމަށެވެ.
މިމައްސަލަ ރިޔާސީ ކޮމިޝަނާ ހިއްސާކޮށްފައިވާއިރު އެމްއެމްޕީއާރުސީ އަށް ވަންނަން ޖެހޭ ކަމަށް ތުހުމަތު ކުރެވޭ ފައިސާ އެސްއޯއެފުން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.