އީސީގެ އައު ކުލައަކީ ދަނބު ކުލަ

ކިޔުމަށް ހޭދަވާނީ 1މ 5ސ
އީސީގެ އައު ކުލައަކީ ދަނބު ކުލަ

އިލެކްޝަންސް ކޮމިޝަންގެ އައު ލޯގޯ އާއި ކުލަ މިރޭ އިފްތިތާހް ކޮށްފިއެވެ. އެގޮތުން އީސީގެ ރަސްމީ އައު ކުލައަކީ ދަނބު ކުލައެވެ.

 

އީސީގެ އައު ކުލައާއި ލޯގޯ އިފްތިތާހް ކޮށްދެއްވީ،  މިކަމަށްޓަކައި ހޮޓެލް ޖެންގައި މިރޭ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އެކޮމިޝަންގެ ރައީސް އަަހުމަދު ޝަރީފް އާއި އެހެނިހެން ސިޔާސީ ޕާޓީތަކުގެ ބައެއް އިސްވެރިންނެވެ.

 

މިރޭގެ މިޚާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ އެކޮމިޝަންގެ ރައީސް އެވެ.

 

ޚާއްސަ މެހެމާނުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ގެ އިތުރުން ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ބައިވެރިވެ ވަޑައިގެންފައިވެއެވެ.

 

މިރޭގެ މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އީސީގެ ރައީސް އަޙުމަދު ޝަރީފް ވިދާޅުވީ އައު ލޯގޯއާއި ކުލަ މިރޭ އިފްތިތާހް ކުރެވުނުއިރު ކުރީގެ ލޯގޯއަށް ވަރަށް ބޮޑު ފާޑު ކިޔުމެއް ކުރިން އަމާޒުވި ކަމަށެވެ.

 

"އިލެކްޝަންސް ކޮމިޝަންގެ އައު ލޯގޯ އަކީ ވަރަށް މާނަ ފުން، އަޅުގަނޑުމެންގެ ބުރަ މަސައްކަތް ރަމްޒު ކޮށްދޭ ލޯގޯއެއް" އީސީ ޝަރީފު ވިދާޅުވިއެވެ.

މިއަދު އޮންލައިން